އެލައިޑް އިންޝުއަރެންސް އިން އައިފޯނެއް ލިބޭ ގިވްއަވޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި އަހަރުގެ ކުރީކޮޅު އެލައިޑުންވަނީ "އައިފޯން ޑްރޮޕް"ގެ ނަމުގައިވެސް އައިފޯނެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. މިއަދު ފެށި މި އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ޕްރޮމޯޝަން "އެލައިޑް އައިފޯން ޑްރޮފް 2"ގެ ނަސީބުވެރި ފަރާތަކަށް އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭނެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް އެލައިޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް @allied.mv މެދުވެރިކޮށެވެ.
ބައިވެރިވާނެ ގޮތް:
އިންސްޓަގްރާމުން @allied.mv ފޮލޯކުރުން.
އައިފޯން ޑްރޮޕް ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުން.
ކޮމެންޓް ސެކްޝަންގައި 3 ރައްޓެހިން ޓެގްކުރުން.
އެލައިޑުން ހާމަކޮށްފައިވާ ގޮތުގައި އިތުރު ފުރުސަތެއް ހޯދުމަށްޓަކައި، މި ޕޯސްޓް އިންސްޓަގްރާމް ސްޓޯރީއަށް ލުމަށްފަހު @allied.mv ޓެގް ކުރެވިދާނެއެވެ. ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން ރައްޓެހިން ޓެގްކޮށްގެން ގިނަ ފަހަރު ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 31 ޑިސެމްބަރުގެ 23:59 އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީ 2027 ގައި @allied.mv އިން ކުރިއަށްގެންދާ ލައިވް ގުރުއަތަކުންނެވެ.