މެންޗެސްޓަރ ސިޓީ މާލީ ގަވާއިދުތަކާ ހިލާފުވުމާ ގުޅިގެން ކުރިއަށްދާ ތަޙުޤީޤު މިހާރު ވަނީ މުހިންމު ހިސާބަކަށް އައިސްފައެވެ. ރިޕޯޓްތައް ބުނާގޮތުން، ޕްރިމިއަރ ލީގުގެ މިނިވަން ކޮމިޝަނަކުން ކުރި ތަޙުޤީޤަށްފަހު، އެ ކްލަބުގެ މައްޗަށް އުފުލާފައިވާ 115 ދަޢުވާގެ ތެރެއިން އެއް ދަޢުވާ ފިޔަވައި ހުރިހާ ދައުވާއެއް ސާބިތުވެއްޖެއެވެ. އެހެންނަމަވެސް، މި މައްސަލަ އަދި މުޅިން ނިމުނީއެއް ނޫނެވެ.
މި ނިންމުންތައް މެންޗެސްޓަރ ސިޓީން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވޭއިރު، ދޭނެ އަދަބެއް އަދި ކަނޑައެއް ނާޅައެވެ. އަދި ކޮމިޝަނުގެ ނިންމުމުގެ ތަފްޞީލު ބަޔާންކުރާ ލިޔުން ޢާންމުކޮށްފައި ނުވާތީ، އެ ނިންމުންތައް ނިންމި ސަބަބުތަކެއް އަދި ސާފެއް ނުވެއެވެ.