ވައިޖެހޭ މިސްރާބާއި އޮއިވަރު ހުރި ގޮތަށް ބަލައި، މަސްއައިންތައް ހޯދަން ދުއްވަންވީ މިސްރާބު ދިވެހި މަސްވެރިންނަށް އެނގެ އެވެ. އެތައް ގަރުނެއް ކުރިން ފެށިގެން ވާރުތަވަމުން އައި މި ފަރިތަކަމަށް މިހާރު ބުރޫއަރަމުން މިދަނީ ރާއްޖެއާ އެތައް ހާސް މޭލެއްގެ ދުރުގައި ޕެސިފިކް ކަނޑާ ދިމާ މަތީގައި އުފެދިފައިވާ ބާރުގަދަ އެލްނީނޯގެ ސަބަބުންނެވެ.
ބައިނަލްއަގުވާމީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި މި ފަހަރުގެ އެލްނީނޯއަކީ ރެކޯޑް މިންވަރަކަށް ބާރުގަދަ "ސުޕަ އެލްނީނޯ" އަކަށް ވުމުގެ ބިރު އެބައޮތެވެ.
"އެލްނީނޯގެ ސްޓްރެންތު މި އަންނަނީ ވަރުގަދަވަމުން، މުޅި ދުނިޔެ އިން ވެސް އެބަ ފެނޭ އެކަން. އެލްނީނޯގެ އިތުރުން އަޅުގަނޑުމެންގެ މި ސަރަހައްދަށް އިމްޕެކްޓެއް ގެނުވާ ކަމެއް އޮންނާނެ، އިންޑިއަން އޯޝަން ޑައިޕޯލް ކިޔާ އެއްޗެއް،" ޝަރީފް ވިދާޅުވި އެވެ