މެންޗެސްޓަރ ޔުނައިޓެޑުގެ އައު ހެޑް ކޯޗަކީ މައުރީސިއޯ ޕޮޗެޓީނޯ ކަމަށް އެކުލަބުން ހާމަ ކޮށްފައިވަނީ ހުކުރު ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށްށެވެ.

މި މަޤާމަށް މައުރީސިއޯ ޕޮޗެޓީނޯ އައްޔަތް ކޮށްފައިވަނީ ބުރާސްފަތި ދުވަހު ކްލަބުން ވަކިކުރި މައިކަލް ކެރިކްގެ ބަދަލުގައެވެ.

ޕޮޗެޓީނޯ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗްކަމާއި ހަވާލުވުމުގެ ކުރިން، މި އިންޓަނޭޝަނަލް ބްރޭކުގައި އެމެރިކާގެ ފިރިހެން ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ދެމިހުންނާނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ނެރެފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި "އާޖެންޓީނާއަށް ނިސްބަތްވާ މި ކޯޗަކީ ވަރުގަދަ، އެޓޭކިން ސްޓައިލެއްގެ ފުޓުބޯޅަ ކުޅުވުމަށާއި، ބަދަހި އަދި އެކުވެރި ޓީމުތަކެއް ބިނާކުރުމަށް ކުރާ މަސައްކަތަށާއި، ވަކިވަކި ކުޅުންތެރިން ކުރިއެރުވުމުގައި އޭނާ ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް މަޝްހޫރު ފަރާތެކެވެ"