އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ މަޝްވަރާކުރައްވައިފިއެވެ.
އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގަައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެފަރާތުގެ ވެސް މަސްލަޙަތު ހިމެނޭ ދާއިރާތަކާއި ގުލޭގޮތުންނެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، އަދި ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
"ދެފަރާތުން ޙިއްޞާވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި.."
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.