ޖުމްހޫރީ ދުވާހާއި ގުޅިގެން، ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ "ސަރުކާރު ބަންދު" ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖެއްސެވީ، ޖުމްހޫރީ ދުވަހާއި ގުޅިގެން އަންނަ ނޮވެމްބަރ 12 ވަނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމުން، ބަންދު ދުވަސްތައް މެދުކެޑުމެއްނެތި މުވައްޒަފުންނަށް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ޖުމްހޫރީ ދުވަހުގެ ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ރަސްމީކޮށް ހުޅުވޭނީ ހަފުތާ ބަންދަށްފަހު އަންނަ އާދީއްތަ ދުވަހެވެ.