ފާއިތުވި ހަފްތާގައި ރަށަށް ކުރި ބޯކޮށް ވިއްސާރައިގައި ރަށުގެ ކޮމިއުނިޓީ ހޯލުގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިހެންވެ، ފުރާޅު މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރަށު ކައުންސިލާއި ޒުވާނުންގެ ޖަމިއްޔާ ގުޅިގެން ފަންޑް ރެއިޒިންގ ކެންޕޭނެއް ފަށައިފިއެވެ.

ކޮމިއުނިޓީ ހޯލަކީ ރަށުގެ ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ތަނަކަށްވުމުން، އަވަހަށް މަރާމާތުކުރުމަކީ މުހިއްމު ކަމެއްކަމުގައި ކައުންސިލުން ބުނެފައިވެއެވެ.

މި ފަންޑަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ފޮނުވޭނެއެވެ.