އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުޒާހަރާ ކުރަން ތައްޔާރުވި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

މި މުޒާހަރާތަކަކީ ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަކާ ގުޅިގެން ހިތްހަމަނުޖެހިގެން، ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ޕާޓީތަކާއި ދަރިވަރުންގެ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. އިންޑިއާގެ ފުލުހުން ނިއުދިއްލީގައި "ލޮކްޑައުން" ނުވަތަ ފުރަބަންދު އިއުލާންކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކާއި ނޫސްވެރިންނާއި ސްޓޫޑަންޓް ޔޫނިއަން ލީޑަރުންނާއި ވަކީލުންނާއި ކުރަފި ޔޫތު މޫވްމަންޓް ހަރަކާތައް ފެށުމުގައި އުޅުނު ފައުންޑަރުން ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް އެސްއައިއާރު ބޭނުންކުރަނީ، ކުމާރު ހިމެނޭ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރި މީހުންނާ ގުޅިގެންނެވެ.

އިންޑިއާގެ ވޯޓާސް ލިސްޓު އަލުން މުރާޖައާ ކުރުމުގެ ތެރޭގައި 130 މިލިއަނަށް ވުރެ ގިނަ މީހުންގެ ނަން ލިސްޓުން އުނިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ގަސްދުގައި އުނިކޮށްފައިވަނީ އިދިކޮޅަށް ތާއީދުކުރާ މީހުންގެ ނަންތަކެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ބުނަނީ މިއީ ގަވާއިދާ ހިލާފަށް ހުރި ނަންތަކާއި ދެ ފަހަރަށް ލިޔެވިފައިވާ ނަންތައް އުނިކުރުމަށް ކުރި ކަމެއް ކަމަށެވެ.