ޔަމަނުގެ އެއާޕޯޓަކަށް ހަމަލާދީފިއެވެ. މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާދީފައިވަނީ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ވެރިރަށް، ސަނާގައި ހުންނަ ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މި ހަމަލާ އެ އެއާޕޯޓަށް އަމާޒުވެފައިވާކަން ހޫތީން ހިންގަމުން އަންނަ މާސިރާ ޓީވީން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަލާއާއި ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު ޒިންމާ އުފުލާފައެއް ނުވެއެވެ.
ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީފައިވާއިރު، ފާއިތުވި ހަފްތާގައި ސައުދީގެ އެއާޕޯޓުތައް ހިމެނޭހެން އެގައުމުގެ ބައެއް ސަރަހައްދުތަކަށް ހޫތީން ވަނީ ހަމަލާތަކެއް ދީފައެވެ. އެންމެ ފަހުން މިއަދު ރޭ ވެސް ހޫތީން ވަނީ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީ ގިނަ ބަޔަކު މަރާލައި، އެތައް ސަތޭކަ ބަޔަކު ޒަހަމްކޮށްލާފައެވެ.