ޔަމަނުގައި ސައުދީ އަރަބިއްޔާއިން އިސް ނަގައިގެން ހިންގި އަސްކަރީ ހަރަކާތުގައި ބައިވެރިނުވާން ޕާކިސްތާނުން ނިންމިތާ 11 އަހަރު ފަހުން، ގާނޫނީ މަޖިލީހުގެ ވޯޓަކާ ނުލައި ސައުދީ އަރަބިއްޔާއަށް އިތުރު ސިފައިން ފޮނުވަން އެ ގައުމުން މިހާރު ވަނީ އެއްބަސްވެފައެވެ.

މިއިން ދައްކުވައިދެނީ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާޞިމް މުނީރުގެ ވެރިކަމުގެ ދަށުން ޚާރިޖީ ސިޔާސަތުގެ މައްޗަށް އަސްކަރިއްޔާއަށް ލިބިފައިވާ ބޮޑު ނުފޫޒު ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މި ބަދަލު އައިސްފައިވަނީ އޯގަސްޓް މަހު ސައުދީ އަރަބިއްޔާ އާއި ތުރުކީވިލާތާއެކު ވެވުނު ދިފާއީ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން މިހާރު އަމަލުކުރަން ފަށާފައިވަނީ އީރާނުން ވާގިވެރިވާ ހޫތީންގެ ހަމަލާތައް އިތުރުވުމާ ގުޅިގެންނެވެ.

ދާދި ފަހުން ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުތަކާއެކު މުނީރަށް 2030 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ ހުރިހާ ގޮތްޕެއްގެ ކޮމާންޑް ވަނީ ލިބިދީފައެވެ. މާހިރުން ދެކޭގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ބަހެއް ނެތި ގަލްފަށް ޕާކިސްތާނުގެ ސިފައިން ފޮނުވުމުން ހާމަވެގެންދާނީ ޕާކިސްތާނުގެ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި އަސްކަރިއްޔާގެ ބާރުގަދަވަމުންދާ މިންވަރެވެ.