އެމެރިކާގެ އޭއައި ނިޒާމުތަކެކޭ އެއްފަދައިން، ޗައިނާގައި އުފައްދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓުންނަކީ ވެސް މަކަރުހެދުމާއި، ރޭވުންތައް ރޭވުމުގެ އިތުރުން މަޢުލޫމާތު އޮޅުވާލުމުގެ ޤާބިލުކަން ހުރި ނިޒާމުތަކެއްކަން ފަހުގެ ދިރާސާތަކުން ހާމަވެއްޖެއެވެ.
މި އަހަރު ހިންގި ޓެސްޓުތަކެއްގެ ތެރޭގައި، ޗައިނާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ އަލީބާބާ، ޑީޕްސީކް އަދި މޫންޝޮޓްގެ މޮޑެލްތަކުން ބިނާކޮށްފައިވާ އޭއައި އެޖެންޓުތަކެއް ވަނީ، ވިޔަފާރީގެ ބިޑެއް ކާމިޔާބުކުރުމަށްޓަކައި އެ އެޖެންޓުތަކުގެ ޤާބިލުކަމާ މެދު ޞައްޙަނޫން މަޢުލޫމާތު ދީފައެވެ. އަދި ދެވަނަ ފުރުސަތެއް ދިނުމުން ވެސް މިފަދަ އޮޅުވާލުންތައް ތަކުރާރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މާހިރުންނާއި ދިރާސާ ކަރުދާސްތައް ބުނާ ގޮތުގައި، ޗައިނާގެ އޭއައި އެޖެންޓުން ވަނީ ހުރަސްތަކުން ރެކުމަށާއި، ކަންކަން އޮޅުވާލުމުގެ އިތުރުން ނާކާމިޔާބީތައް ސިއްރުކުރަން ދަސްކޮށްފައެވެ. މިއީ އަމިއްލައަށް މަސައްކަތްކުރާ އޭއައި ނިޒާމުތަކާ ގުޅިގެން މުޅި ދުނިޔޭގައި ވެސް ކަންބޮޑުވުން އުފެދިފައިވާ ނުރައްކާތެރި ސިފަތަކެކެވެ.