ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލްގެ "މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" އާޓް އެގްޒިބިޝަން. ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދާ މި އެގްޒިބިޝަނަކީ ރާއްޖޭގެ އާކިޓެކްޗާގެ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ މައުރޫފް ރާއްޖޭގެ ރިސޯޓްތަކުގެ އާކިޓެކްޗާ ދިރާސާކުރައްވައި، އޭނާގެ އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތައް ދައްކާލުމަށް ކުރިއަށް ގެންދާ އެގްޒިބިޝަނެއް. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މި އެގްޒިބިޝަން ކުރިއަށް ގެންދާނެއެވެ.